ދަގަނޑު

ދަގަނޑު (އިނގިރޭސި ބަހުން: Iron)އަޔަން ނުވަތަ އަކީ ބިމުގައި އެންމެ ގިނައިން އެކުލެވޭ އެއް މަޢުދަނެވެ. އަދި މިއީ ވަރަށް މުހިއްމު ޓްރޭސް އެލިމެންޓް އެކެވެ. މީހެއްގެ ހަށިގަނޑުގައި 3.5 އާއި 4.5 ގްރާމް ގެ ދަގަނޑު ހުރެއެވެ. މީގެ ތިންބައިކުޅަ ދެބައި ހުންނަނީ ލޭގައެވެ. އަނެއް ބައި ކޮށާރު ކުރެވިފައި ހުންނަނީ ކަށީގެ މަދުގައްޔާއި، ހުންކޮށި ގަޔާއި، އަދި ފުރަމޭ ގައެވެ. ދަގަނޑު އަކީ ލޭގައި ހިމެނޭ ރަތް މާއްދާ ކަމުގައިވާ ހީމޯގްލޯބިން އުފެއްދުމަށް ބޭނުންވާ އެންމެ މުހިއްމު އެއްބާވަތެވެ. ހީމޯގްލޯބިންގެ މުހިއްމު މަސައްކަތަކީ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ފުއްޕާމޭ އިން ނަގައިގެން ހަށިގަނޑުގެ އެކި ހިސާބުތަކުގައިވާ ދިރު ތަކަށް ގެންގޮސް ދިނުމެވެ. މީގެ އިތުރުން ދަގަނޑު އަކީ ހަށިގަނޑުގައި ހިމެނޭ ދިރުތައް ބަރާބަރަށް މަސައްކަތްކުރުމަށް ވެސް އެހީވެދޭ އެއްޗެކެވެ. އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގައި ދަގަނޑު ހިމެނޭ ތަކެތި ބޭނުންކުރުމަކީ ތިރީގައި އެވާ ހާލަތްތަކަށް ވަރަށް ބޭނުންތެރި ކަމެކެވެ.

  • ލޭގެ ތެރޭގައި ހިމެނޭ ކޮންމެ ރަތް ދިރު އެއްގެ އުމުރަކީ 4 މަސް ދުވަހެވެ. އެއަށްފަހު އެދިރުތައް ފަނާވެ ނެތިދެއެވެ. އަދި އިތުރު އާދިރުތައް އުފެދޭނެ އެވެ. މިގޮތަށް ދިރުތައް ފަނާވުމަށާއި، އަލުން އުފެދުމަށްޓަކައި ދަގަނޑު ހިމެނޭ ކާނާ ކެއުން މުހިއްމެވެ.
  • ތަފާތު ހާލަތްތަކުގައި ހަށިގަނޑުން ބޭރުވާ ލޭ އަލުން އުފެދުމަށްޓަކައި ދަގަނޑު ހިމެނޭ ކާނާ ކެއުން މުހިއްމެވެ. މިސާލަކަށް ތަނެއް ކަނޑައިގެން ގޮސްގެން ހަށިގަނޑުން ބޭރުވާ ލޭ އަލުން އުފެދުމަށް ނުވަތަ އަންހެނުން މައްސަރު ކަންތައް ޖެހުމާއި ގުޅިގެން ބޭރުވާ ލޭ އަލުން އުފެއްދުމަށް ދަގަނޑު ބޭނުންވާނެ އެވެ.
  • ހަށިގަނޑުގައި އުފެދޭ ސެލޯށި ތަކާއި، ލޭގެ ރަތް ދިރު ތައް އިތުރު ވަމުންދާ މިންވަރުން ދަގަނޑު ހިމެނޭ ކާނާ ކެއުން މުހިއްމެވެ. މިސާލަކަށް ކުޑަކުދިން ހެދި ބޮޑުވަމުން އަންނަ ދުވަސްވަރު، ހަށިގަނޑުގައި އިތުރުކުރަން ބޭނުންވާ ސެލޯށިތަކާއި، ދިރުތައް އުފެދުމަށްޓަކައި، ދަގަނޑު ހިމެނޭ ކާނާ ބޭނުން ވެއެވެ. އަދި މާބަނޑު ދުވަސްވަރު އާ ސެލޯށިތަކާއި ލޭގެ ރަތް ދިރުތައް އުފެދުމަށްޓަކައި ދަގަނޑު ހިމެނޭ ކާނާ މާބަނޑު މީހުން އިތުރަށް ކާން ޖެހެއެވެ.

ދަގަނޑުގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގެ ކެއުމަށް ލަފާދޭ މިންވަރު ) ފިރިހެނުންނަށް 10 މިލިގްރާމް އަދި އިއްދައިން ނުކެނޑޭ އަންހެނުންނަށް 15 މިލިގްރާމް އެވެ. ކާބޯތަކެތީގައި ހުންނަ ދަގަނޑުން ހަށިގަނޑަށް ނެގެނީ ދުވަހަކަށް ހަމައެކަނި ދިހަބައިކުޅަ އެއްބައެވެ. ދަގަނޑު މަދުވުމުން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި މީގެ ބޭސް ދެވެއެވެ. އެކަމަކު ދަގަނޑަކީ މެގްނީޒިއަމް، ކޮޕަރ، ކެލްސިއަމް، އަދި ޒިންކް ހަށިގަނޑަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި ގޮހޮރުގައި އެއްމާއްދާ އަނެއް މާއްދާއާއި ވާދަކުރާ ބާވަތްތަކެކެވެ. އެހެންކަމުން މީގެ ތެރެއިން އެކައްޗެއް މާގިނަވެއްޖެނަމަ އެހެން މާއްދާތައް ހަށިގަނޑަށް ލިބުން މަދުވެއެވެ. ދަގަނޑު އިތުރަށް ބޭނުންވެގެން ބޭހެއްގެ ގޮތުގައި ދަގަނޑު އެކުލެވިގެންވާ ބޭސް ބޭނުން ކުރުމުގައި ބަނޑުގައި ފާރު ހުންނަ މީހުންނާއި، ގިނަގިނައިން ލޭ އަޅަންޖެހޭ މީހުން ފަރުވާތެރި ވާންޖެހެއެވެ. އެއީ ދިރުތައް ހަލާކުވެގެންދާއިރު އޭގައި ހުންނަ ދަގަނޑުކޮޅު ގެއްލުނަނުދީ އަލުން ހަށިގަނޑު ބޭނުންކުރާތީ އެވެ.

ހަށިގަނޑުގެ އެކިއެކި ބައިތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބޭނުންވާ މާއްދާއެއް ކަމުގައިވާ ހިމަގްލޯބިން(Hemoglobin) އުފައްދަނީ ދަގަނޑުންނެވެ. ކަށިތަކާއި، ދަތްތައް ހެދިބޮޑުވުމަށް ވެސް ދަނގަޑު އެހީތެރިވެދެއެވެ. ދަގަނޑު މަދުވެއްޖެނަމަ ލޭމަދުވުމުގެ މައްސަލަ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މީހުންނަށް ލޭމަދުވުމުގެ އަލާމާތްތައް ނުފެނިދާނެއެވެ. ނަމަވެސް އަނެއްބައިމީހުންނަށް ލޭމަދުވުމުގެ ސަބަބުން އާދަޔާޚިލާފަށް ވަރުބަލިކަން އިހްސާސްވާގޮތް ވެއެވެ. ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެއްޖެނަމަ ދުވާލަކު 1ނުވަތަ 2ފަހަރު އަޔަން ސަޕްލިމެންޓްސް(ދަގަނޑު) ބޭނުންކުރެވިދާނެއެވެ. ހަމަމިއާއެކު ދަގަނޑު ހިމެނޭ ބާވަތްތައް ކެއުމުގައި ބޭނުންކުރެވިދާނެއެވެ. ދުވާލަކު 30މިލިގްރާމްގެ ދަގަނޑު މާބަނޑު އަންހެނާގެ ހަށިގަނޑަށް ބޭނުންވެއެވެ. ދަގަނޑު އެކުލެވޭ ބާވަތްތަކުގެ ތެރޭގައި އަލުވި، ހިކިމޭބިސްކަދުރު، ފެހިކަންގަދަ ތަރުކާރީ، އެއްގަމު މަހުގެ ބާވަތްތައް، އަޔަން ފޯޓިފައިޑް ސެރެލްސް ހިމެނެއެވެ.


  • ރިފަރެންސް

ރިފަރެންސް

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003
Other Languages
Afrikaans: Yster
Alemannisch: Eisen
አማርኛ: ብረት
aragonés: Fierro
Ænglisc: Īsen
العربية: حديد
ܐܪܡܝܐ: ܦܪܙܠܐ
অসমীয়া: লো
asturianu: Fierro
azərbaycanca: Dəmir
تۆرکجه: دمیر
башҡортса: Тимер
žemaitėška: Gelžės
беларуская: Жалеза
беларуская (тарашкевіца)‎: Жалеза
български: Желязо
भोजपुरी: लोहा
Bislama: Aien
Bahasa Banjar: Wasi
বাংলা: লোহা
བོད་ཡིག: ལྕགས།
brezhoneg: Houarn
bosanski: Željezo
буряад: Түмэр
català: Ferro
Mìng-dĕ̤ng-ngṳ̄: Tiék
Cebuano: Yero
ᏣᎳᎩ: ᏔᎷᎩᏍᎩ
کوردی: ئاسن
corsu: Ferru
čeština: Železo
Чӑвашла: Тимĕр
Cymraeg: Haearn
dansk: Jern
Deutsch: Eisen
Zazaki: Asın
Ελληνικά: Σίδηρος
English: Iron
Esperanto: Fero
español: Hierro
eesti: Raud
euskara: Burdina
estremeñu: Hierru
فارسی: آهن
suomi: Rauta
Võro: Raud
føroyskt: Jarn
français: Fer
Nordfriisk: Stälj
furlan: Fier
Frysk: Izer
Gaeilge: Iarann
贛語:
Gàidhlig: Iarann
galego: Ferro
Avañe'ẽ: Itakandua
गोंयची कोंकणी / Gõychi Konknni: लोखण
Bahasa Hulontalo: Wuwate
ગુજરાતી: લોખંડ
Gaelg: Yiarn
客家語/Hak-kâ-ngî: Thiet
עברית: ברזל
हिन्दी: लोहा
Fiji Hindi: Loha
hrvatski: Željezo
Kreyòl ayisyen: Fè (non)
magyar: Vas
Հայերեն: Երկաթ
interlingua: Ferro
Bahasa Indonesia: Besi
Interlingue: Ferre
Ido: Fero
íslenska: Járn
italiano: Ferro
日本語:
Patois: Ayan
la .lojban.: tirse
Basa Jawa: Wesi
ქართული: რკინა
Qaraqalpaqsha: Temir
Taqbaylit: Uzzal
Kongo: Kibende
Gĩkũyũ: Iron
қазақша: Темір
ಕನ್ನಡ: ಕಬ್ಬಿಣ
한국어:
Перем Коми: Кӧрт
Ripoarisch: Eisen
kurdî: Hesin
коми: Кӧрт
kernowek: Horn
Кыргызча: Темир
Latina: Ferrum
Lëtzebuergesch: Eisen
лакку: Мах
лезги: Ракь
Limburgs: Iezer
Ligure: Færo
lumbaart: Fer
lingála: Ebendé
lietuvių: Geležis
latviešu: Dzelzs
मैथिली: लोहा
Malagasy: Vy
Māori: Rino
македонски: Железо
മലയാളം: ഇരുമ്പ്
मराठी: लोखंड
Bahasa Melayu: Besi
Malti: Ħadid
မြန်မာဘာသာ: သံ (သတ္တု)
эрзянь: Кшни
Napulitano: Fierro
Plattdüütsch: Iesen
Nedersaksies: Iezer
नेपाली: फलाम
नेपाल भाषा: नँ
Nederlands: IJzer (element)
norsk nynorsk: Jern
norsk: Jern
Nouormand:
Diné bizaad: Béésh (Fe)
occitan: Fèrre
Livvinkarjala: Raudu
ଓଡ଼ିଆ: ଲୁହା
ਪੰਜਾਬੀ: ਲੋਹਾ
Papiamentu: Heru
Norfuk / Pitkern: Aiyen
polski: Żelazo
Piemontèis: Fer
پنجابی: لوہا
پښتو: وسپنه
português: Ferro
Runa Simi: Khillay
română: Fier
armãneashti: Heru
русский: Железо
русиньскый: Желїзо
संस्कृतम्: अयः
саха тыла: Тимир
sardu: Ferru
sicilianu: Ferru
Scots: Airn
سنڌي: لوھ
srpskohrvatski / српскохрватски: Željezo
සිංහල: යකඩ
Simple English: Iron
slovenčina: Železo
slovenščina: Železo
Soomaaliga: Xadiid
shqip: Hekuri
српски / srpski: Гвожђе
Seeltersk: Iersen
Basa Sunda: Beusi
svenska: Järn
Kiswahili: Chuma
தமிழ்: இரும்பு
తెలుగు: ఇనుము
тоҷикӣ: Оҳан
ไทย: เหล็ก
Tagalog: Bakal
Türkçe: Demir
татарча/tatarça: Тимер
ئۇيغۇرچە / Uyghurche: تۆمۈر
українська: Залізо
اردو: لوہا
oʻzbekcha/ўзбекча: Temir
vèneto: Fero
vepsän kel’: Raud
Tiếng Việt: Sắt
West-Vlams: Yzer (element)
Volapük: Ferin
walon: Fier
Winaray: Puthaw
吴语:
хальмг: Төмр
ייִדיש: אייזן
Yorùbá: Iron
Vahcuengh: Diet
中文:
文言:
Bân-lâm-gú: Thih
粵語: