ކަންފަތް ދުޅަވުން (މެދުތެރެ)

މެދުތެރޭ ކަންފަތް ދުޅަވުން ( އިނގިރޭސި ބަހުން: Otitis Media)އަކީ ވަރަށް ގިނަ ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ދިމާވާ މައްސަލަ އެކެވެ. އާންމު ގޮތެއްގައި މެދުތެރޭ ކަންފަތް ދުޅަވުން މެދުވެރިވަނީ ބެކްޓީރިޔާ ނުވަތަ ވައިރަސް އެއްގެ ސަބަބުންނެވެ. ނަމަވެސް ބައެއް ފަހަރު ހަށިގަނޑާ ނުގުޅޭ އެއްޗެއްގެ ސަބަބުން ވެސް މެދުތެރޭ ކަންފަތް ދުޅަވުން މެދުވެރިވެދާނެއެވެ. އެއްޗަކާއި ނުގުޅިގެން މިބަލި ޖެހިއްޖެނަމަ އެ ނުގުޅުނު މާއްދާއަކާއި ދުރުހެލިވުމުން ބަލި ރަގަޅުވެދެއެވެ. ވައިރަސްގެ ސަބަބުން މެދުތެރޭ ކަންފަތް ދުޅަވުން މެދުވެރިކުރުވަނީ ގިނަ ފަހަރު އަރިދަފުސް ރޯގާ ޖެހުމުންނެވެ. ސަބަބަކީ އަރިދަފުސް ރޯގާ އަކީ މައިގަނޑު ގޮތެއްގައި ވައިރަސް އެއްގެ ސަބަބުން ޖެހޭ ބައްޔަކަށް ވެފައި ވަރަށް ގިނަ ފަހަރު އަރިދަފުސް ރޯގާ އިތުރަށް ގޯސްވެ، އޭގެ އަސަރު އަރުތެރެ އާއި ކަންފަތާއި ހަމައަށް ފޯރާތީ އެވެ. ބެކްޓީރިޔާގެ ސަބަބުން މެދުތެރޭ ކަންފަތް ދުޅަވުން ކުރިމަތިވެއްޖެނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ކަންފަތުގައި ރިހުން، ކަންފަތުން ދޮސްއައުން، ހުންއައުން، ކަންފަތުން ނުބައި ވަސްދުވުން ފަދަ ކަންތައްތައް ހިމެނެއެވެ. މިގޮތަށް ދިމާވެއްޖެނަމަ އެންޓިބަޔޮޓިކެއްގެ އެހީގައި ބައްޔަށް ފަރުވާ ލިބިގަނެވިދާނެއެވެ.

Other Languages
Acèh: Tungkiëk
Aymar aru: Jinchu usu
български: Отит
English: Otitis media
español: Otitis media
Հայերեն: Ականջահոսք
Bahasa Indonesia: Radang telinga tengah
italiano: Otite media
日本語: 中耳炎
한국어: 중이염
português: Otite média
Runa Simi: Rinri nanay
română: Otită
русский: Средний отит
srpskohrvatski / српскохрватски: Zapaljenje srednjeg uva
Kiswahili: Uvimbe wa sikio
Tiếng Việt: Viêm tai giữa
中文: 中耳炎